English Edition
Dhivehi Edition

ސްރީލަންކަން އެއާލައިނުގެ ހުޅުމީދޫ ބްރާންޗް ރޭ ހުޅުވައިފިއެވެ

ހުޅުދޫ މަލާޒް ގޭގައި ހަދާފައި ހުންނަ އަވިއިން އޮފީހުގައި ގައި ރޭ ހުޅުވި މި ބްރާންޗުން އަމިއްލަ ރަށުގައި ތިބެގެން ރާއްޖޭން ސްރީލަންކަން އެއާލައިނުގެ ޓިކެޓްތަކުގެ ރިޒަވޭޝަން ހެދުމާއި ޓިކެޓް ނެގުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.

މީގެ ކުރިން ވެސް އަވިއިން އިން މި ޚިދުމަތް ދެމުން އައި ނަމަވެސް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ރޭގައެވެ.

2016 ވަނަ އަހަރުގެ ޑީސެމްބަރު މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ސްރީލަންކަން އެއާލައިނުގެ ޚިދުމަތް އައްޑޫގައި ފަށާފައި ވާއިރު ދުނިޔޭގެ ތަފާތު ގިނަ މަންޒިލް ތަކަކަށް އައްޑޫގައި ތިބެގެން ދަތުރުކުރެވޭނެ ގޮތް މި ވަނީ ފަހިވެފައެވެ. ސްރީލަންކަން އެއާލައިނުގެ މި ޚިދުމަތާއެކު އައްޑޫގެ ވިޔަފާރިވެރިންނާއި އައްޑޫއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ބޮޑެތި ލުއި ފަސޭހަތަކެއް މިވަނީ ލިބިފައެވެ.

އައްޑޫ ސިޓީގެ ފޭދޫގައި އެ އެއާލައިނުގެ ރަސްމީ އޮފީހެއް ހުންނައިރު ހުޅުމީދޫގައި ރޭ ހުޅުވި މި ބްރާންޗަކީ ސްރީލަންކަން އެއާލައިނުގެ ދެވަނަ އޮފީހެވެ.

ހުޅުމީދޫ ބްރާންޗް ހުޅުވާފައިވާ “އަވިއިން” އިން މީގެ ކުރިންވެސް ޕާސްޕޯޓު ފޮޓޯ ނެގުމާއި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުޅުމީދޫގެ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ޚިދުމަތް ހޯދައި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ކުރަމުންދެއެވެ..