English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމުގައިވާ ކަމަލް ހަސަން ސިޔާސީ ޕާޓީއެއް އުފައްދައިފިއެވެ.

ކަމަލް ގެ ޕާޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުދަދުވަހު މަދޫރާއީގައެވެ. އެޕާޓީއަށް ދީފައިވާ ނަމަކީ “މައްކަލް ނީދި މައިއަމް” (އެމްއެންއެމް) އެވެ.

އެ ޕާޓީގެ ނިޝާންގައި ތަރިއެއްގެ ވަށައިގެން 6 އަތް ގުޅާލެވިފައިވެއެވެ. އެ ނިޝާންގައިވާ ކުލަތަކަކީ ހުދު، ކަޅު އަދި ރަތެވެ.

ޕާޓީ އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ހަސަން ބުނެފައިވަނީ އެ ނިޝާން ރަމްޒު ކޮށްދެނީ މުޅިން އާ ސައުތު އިންޑިއާއެއް ކަމުގައެވެ. އަދި އެ 6 އަތް ނިސްބަތް ވަނީ ސައުތު އިންޑިއާގެ 6 ސްޓޭޓަށް ކަމަށްވެސް ބުންޏެވެ. އެ ސްޓޭޓް ތަކަކީ ކެރެލާ، ކަރަނާޓަކަ، އަންދްރަޕްރަދޭޝް، ޓެލަންގާ، ޕޮންޑިޝެރީ އަދި ޓެމިލްނާޑޫއެވެ.

ނިޝާންގެ މެދުގައިވާ ތަރި ރަމްޒު ކޮށްދެނީ މީހުންނާއި، އަދުލު އިންސާފާއި ތެދު ކަމަށް ވެސް ހަސަން ބުނެފައިވެއެވެ.
ކުރިއަށް އޮތް ތާގައި ފިލްމީ ދާއިރާއިން ފެނިގެން ދިޔުމަކީ ނާދިރު ކަމެއް ކަމަށް ވެސް ހަސަން ބުނެފައި ވެއެވެ.

ކަމަލް ހަސަންގެ އިތުރަށް އިންޑިއާގެ ގިނަ ފިލްމީތަރިން ވަނީ އެދާއިރާ ދޫކޮށް ސިޔާސީ ދާއިރާއަށް ވަދެފައެވެ.