English Edition
Dhivehi Edition

ދެކުނު ކޮރެއާގައި ކުރިއަށްދާ މިއަހަރުގެ ވިންޓާ އޮލިންޕިކް ގޭމްސް ނިންމުމުގެ ރަސްމީއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

އާދީއްތަ ދުވަހު، ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެ ރަސްމީއްޔާތުގައި އިވާންކާއާއެކު އެމެރިކާގެ ޕްރެސް ސެކްރެޓަރީ ސަރާ ސެންޑާސް ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދެކުނު ކޮރެއާއަށް އިވާއަންކާ ކުރައްވާ ދަތުރުގައި އެ ގައުމުގެ ރައީސް މޫން ޖޭއި އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ބައްދަލުވުން އޮންނާނީ ހުކުރުދުވަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ދެގައުމު ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާއިން ވަނީ ވިންޓާ ގޭމްސް ފެއްޓުމުގެ ރަސްމީއްޔާތުގައިވެސް ބައިވެރި ވެފައެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާއިން ބައިވެރިވެ ވަޑައިގެންނެވީ ނާއިބު ރައީސް މައިކް ޕެންސް އެވެ.