English Edition
Dhivehi Edition

ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ހިނގައްޖެއެވެ.

ބްރަދާސް ޔުނައިޓެޑް ފައިނަލުން ޖާގަހޯދީ މީރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޝަންގްރިއްލާއާ ބައްދަލުކޮށް 5-0 ލަނޑުން މޮޅުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްރަދާސްއަށް ޔުނައިޓެޑަށް 4 ލަނޑު ޖަހައިދިން ސަމީނެވެ.

ޔުނައިޓެޑް ބްރަދާސް ފައިނަލަށް ދަތުރުކުރީ މިރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަނަމެޗްގައި ޑީއެފްސީ އާ ބައްދަލުކޮށް 2-1 ލަނޑުން މޮޅުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބްރަދާސްގެ މުހައްމަދު މިރުފާނެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވުނު ދެޓީމަކީ ގްރޫޕް އޭ ގެ ދެޓީމެވެ. ފައިނަލް މެޗު އޮންނާނީ މިމަހު 23 ވާ ހުކުރު ދުވަހުގެރޭ 20:45 ގައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ

މި މުބާރާތަކީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.