English Edition
Dhivehi Edition

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފިއެވެ

އައްޑޫގައި އަލަށް ދެ އޭޓީއެމް ގާއިމްކޮށްފައިވަނީ އެއަރޕޯޓާ އި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ. އައްޑޫގައި އިތުރަށް ހުޅުވި ދެ އޭޓީއެމްއާ ބެހޭގޮތުން ބީއެމްއެލް އިން ބުނެފައިވަނީ މި ދެ ސަރަހައްދަކީވެސް ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށް ވުމުން، އެ އޭޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ

ބޭންކުން ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ރ. ދުވާފަރުގައި ވަނީ ސެލްފް ސަރވިސް އޭޓީއެމްއެއް ބަހައްޓާފައެވެ. މީގެ އިތުރުން ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިތުރު ބްރާންޗުތަކާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ތައް ގާއިމު ކުރަމުންނެވެ