English Edition
Dhivehi Edition

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗު ފަހަތުން އަރާ ޑީއެފްސީ އިން ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މެޗު ޑީއެފްސީ އިން ކާމިޔާބުކުރީ އެފްސީ ގައުމު އާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ދިހަވަނަ މިނިޓްގައި އެފްސީ ގައުމުގެ އިންޝާލް އެވެ. އިންޝާލްގެ ލަނޑާއެކު ޑީއެފްސީ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މެޗުގެ 16 ވަނަ މިނިޓްގައި ޑީއެފްސީގެ ވައްޖެވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ

ޑީއެފްސީގެ ދެވަނަ ލަނޑަކީ އެފްސީ ގައުމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކަކުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ކުޅުން އިތުރަށް ފޯރިގަދަވެގެންދިޔަ އިރު އެފްސީ ގައުމު އިންވަނީ ޑިއެފްސީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. މިގޮތުން އެފްސީ ގައުމު އެޓޫ ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްލި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންޝާލްއެވެ. ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ އިރު މެޗުގެ ތިރީސްހަވަނަ މިނިޓްގައި ޑީއެފްސީގެ ވައްޖޭވަނީ އެ ޓީމަށް ވަރަށް ކައިރި ކައިރީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ،. މި މެޗުގައި އެފްސީ ގައުމަށް ކާމިޔާބުކުރެވުނު ތިންވަނަ ލަނޑަކީ މެޗުގެ 39 ވަނަ މިނިޓްގައި މައުޝޫގް ޖަހާދީފައިވާ ލަނޑެކެވެ

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީގެ އިސްމާއިލް ވަޖީހު(ވައްޖޭ)އެވެ. ރޭގެ މޮޅާއެކު ޑިއެފްސީ އިންވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރަކޮށްފައެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ