English Edition
Dhivehi Edition

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018ގައި ރޭ ކުޅުނު ދެވަނަ މެޗު ބްރަދާސް ޔުނައިޓެޑް އިން ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ އެފްސީ އަހުންނާއި ބައްދަލުކޮށް 9 ލަނޑު 0 ލަނޑުންނެވެ.މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނިޓްގައި ބްރަދާސް ޔުނައިޓެޑްއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ހެޓޭއެވެ

ބްރަދާސް ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސމީން ފަސް ލަނޑު ޖަހާފައިވާއިރު ސަމީންގެ ހަވަނަ ލަނޑަކީ އެފްސީ އަހުންގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ޕެނެލްޓީ ގޯލަށް އަމާޒުކޮށް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗުގައި ބްރަދާސް ޔުނައިޓެޑް ގެ ސިޔާމް އާއި އައްސަދު ވަނީ އެ ޓީމަށް ލަނޑުޖަހާދީފައެވެ. އެފްސީ އަހުން ޓީމުގެ ސަހާފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ދެވަނަ ހާފްގައި އެ ޓީމުން ވަނީ ޑިފެންސް ވަރުގަދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ބްރަދާސް ޔުނައިޓެޑްއަށް ހަ ލަނޑުޖަހާދީފައިވާ ސަމީންއެވެ

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގައުމު އެފްސީ އާއި ޑީއެފްސީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފްސީ ލަކީ އާއި އެފްސީ އަހުންނެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތް  ސްޕޮންސަރ ކޮށްފައިވަނީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ  އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ