English Edition
Dhivehi Edition

ުމުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018ގައި ރޭ ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ޔުނައިޓެޑް ބްރަދާސް އިން ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ އެފްސީ ލަކީ އާއި ބައްދަލުކޮށް 10 ލަނޑު 2 ލަނޑުންނެވެ

ޔުނައިޓެޑް ބްރަދާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުގެ ރަމްޒީ ހުސެއިން(ރައްމު) އާއި ލިރުއާމް(ލިރޫ) ވަނީ ކޮންމެ ކުޅުންތެރިއަކަށް ހަތަރު ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ. މުޅި މެޗުވެސް ޔުނައިޓެޑް ބްރަދާސް އިން ކޯންޓްރޯލްކޮށްފައިވާއިރު އެފްސީ ލަކީ އިންވަނީ އެ ޓީމު ކުޅުންތެރިން ހިފެހެއްޓުމަށް މަސައްކަތްކޮށްފައެވެ. ޔުނައިޓެޑް ބަރަދާސް އަށް ކާމިޔާބުކުރެވުނު އިތުރު ދެ ލަނޑު ޖަހާ ދިނީ ވިޝޭ އާއި ފަރްހާދުއެވެ

މި މެޗުގައި އެފްސީ ލަކީ އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ވަނީ މަސައްކަތްކޮށްފައެވެ. އެ ޓީމަށް މި މެޗުގައި ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބަލްސަމްއެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަމީޒްއެވެ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދާފައިވާ ޔުނައިޓެޑް ބްރަދާސްގެ ލިރުއާމް އެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ