English Edition
Dhivehi Edition
Football Soccer - News conference - Brazilian Football Confederation (CBF) headquarters - Rio de Janeiro, Brazil - 20/6/16 - New Brazilian national head coach Tite attends a news conference. REUTERS/Sergio Moraes

މިއަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތަށް ނަގާ ޓީމްގެ ފަނަރަ ކުޅުންތެރިން މިހާރުވެސް ޔަގީން ވެއްޖެ ކަމަށް ބުރެޒިލްގެ ކޯޗު ޓިޓޭ ބުނެފިއެވެ.

ޓިޓޭ ބުނީ ޕީއެސްޖީއަށް ކުޅޭ ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާ އާއި ބާސެލޯނާގެ ޕައުލީނިއޯމެން ނުލާ ނެގޭނެތް ޓީމެއް ނިއިންނާނެކަމަށެވެ.

ޓިޓޭ ބުނީ އެނާގެ ޓީމަށް ނަގާ 22 ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިން މިހާރު ވެސް ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާއިރު ބާކީ އޮތް ހަތް ޖާގަ ހޯދުމަށް އެހެން ކުޅުންތެރިން ވަރުގަދައަށް މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.

މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ބްރެޒިލްއިން ވަރުގަދަ އެކުވެރި ކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.މިގޮތުން މި ކުރިއަށް އޮތް މާޗު މަހުގައި ބްރެޒިލްއިން ވަނީ މުބާރާތް ބާއްވާތް ގައުމު ރަޝިޔާ އާއި އެންމެ ފަހުގެ ޗެމްޕިއަން ޖާމިނީ އާއި އެކު އެކުވެރި ކަމުގެ މެޗުތަށް ކުޅުމަށް ނިންމާފައެވެ.

ބްރެޒިލް ޓީމުން މިހާރު ކޯޗު ޖާގަ ދޭނެ ކަމަށް ބުނެފައިވާ ކުޅުންތެރިން

*އެލިސަން

*ޑެނީ އަލްވޭސް

*މިރަންޑާ

*މާސެލޯ

*ކަސެމީރޯ

*ރެނާޓޯ އަގުސްޓޯ

*ޕައުލީނިއޯ

*ކުޓީނިއޯ
*ނޭމާ

*ގެބްރިއަލް ޖީސަސް

*ތިއާގޯ ސިލްވާ

*ފެނާޑީނިއޯ

*ވިލިއަމް

*ރޮބާޓޯ ފިރިމީނިއޯ ހިމެނެއެވެ.