English Edition
Dhivehi Edition

ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ކަމުގައިވާ ކަންގަނާ ރަނައުތު އަދި ރިތިކް ރޯޝަންގެ ވާހަކަތަކަކީ ފާއިތުވެ ދިޔަ ތިން އަހަރު ދުވަހު ވެސް ވައގައި ހިފާފައިވާ އެންމެ މަޝްހޫރު ވާހަކައެވެ

ދެމީހުންވެސް އެކަކު އަނެކަކާ ގުޅޭ އަމިއްލަ ދިރިއުޅުމުގެ އެތައް ވާހަކައެއް މީޑިއާ އާއި ހިއްސާކޮށްފައިވާއިރު ދެ ތަރިންގެ ދެމެދުގައި ވަނީ ވަރުގަދަ ހަނގުރާމާއެއް ފެށިފައެވެ. މި ހަނގުރާމައިގައި ދެތަރިންނަށް ތާއިދުކޮށް ވާހަކަދައްކާ ފަރާތްތައް ދެ ގުރޫޕަކަށް ބެހިފައިވާއިރު ބައެއް މީހުން އަދިވެސް ތިބީ އޮޅުންބޮޅުން ގަޑެއްގެ ތެރޭގައެވެ.މިފަދަ މީހުން ބުނަމުންދަނީ މި ދެތަރިންގެ ތެރެއިން ތެދު ހަދަނީ ކާކު ކަމެއް ނޭގޭ ކަމަށާއި ދެމީހުންކުރެ ތާއިދުކުރަންވީ ފަރާތެއް އަދިވެސް ނޭގޭ ކަމަށެވެ

އެހެންނަމަވެސް ސަޕޯޓަރުންގެ މި ވާހަކައް ސަމާލުކަމެއް ދިނުމެއް ނެތި ރިތިކްގެ މޭނަޖަރު ވަނީ އޭނާ އަރަންވީ ކޮޅު ނިންމާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގިނަ އަހަރުތަކެއްވަންދެން ރިތިކްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތުން މިވަނީ ކަންގަނާގެ މެނޭޖަރަކަށް މިހާރު ބަދަލުވެފައެވެ. މިކަމާ ބެހޭ ގޮތުން މާގިނަ މައުލޫމާތުތަކެއް އަދި މީޑީއާއަށް އތިލަވެފައި ނުވި ނަމަވެސް ގިނަ މީހުން ބުނަމުންދަނީ ރިތިކްގެ މެނޭޖަރ އޭނާ ދޫކޮށްލުމަށްފަހު ކަންގަނާގެ މެނޭޖަރަކަށް ބަދަލުވުމުގައި ވަރަށް ގިނަ ސިއްރުތަކެއް ވާނެކަމުގައެވެ

މީގެ ކުރިން މި ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަންގަނާ ދައްކަމުން ދިޔަ ވާހަތައް ދޮގުކޮށް ރިތިކް ބުނެފައިވަނީ އެފަދަ ގުޅުމެއް ކަންގަނާ އާއެކު ނުބާއްވާކަމަށެވެ

ޓެގު