English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޓޯ އާއި ލިވަޕޫލް ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ލިވަޕޫލް މުބާރާތުގެ ކުޓާފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

ގިނަ އަހަރު ތަކެއް ފަހުން މިސީޒަންގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވި ލިވަޕޫލް ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕޯޓޯއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ 0-5ން ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލް މެ މާނޭ ކާމިޔާބުކޮށްދިން އިރު އަދި އޭގެ ހަތަރު މިނެޓްފަހުން މިސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކަމުންދާ މުހައްމަދު ސަލާހު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު މާނޭ ލިވަޕޫލްއަށް ތިން ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައެވެ.އަދި ލިވަޕޫލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް މާނޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ހެޓްރިކާ އެކު މާނޭ ވެގެން ގޮސްފައިވަނީ 2002 ވަނަ އަހަރަށްފަހު ރަށުން ބޭރުގައި ކުޅެ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މި މަގާމު މީގެކުރިން އޮތީ މައިކަލް އޮވެންގެ އަތުގައެވެ.

ލިވަޕޫލް އާއި ޕޯޓޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.