English Edition
Dhivehi Edition

ދުނިޔޭގަ މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ޕޯޗުގަލްގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރިއަލްމެޑްރިޑް އަތުން 3-1 ލަނޑުން ފްރާންސްގެ ޕީއެސްޖީ ބަލިވި މެޗަށް ފަހު މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާ ބުނީ އެންމެ މޮޅު ކުޅުންތެރިޔަކީ އަދިވެސް ރޮނާލްޑޯ ކަން އޭނާ ސާބިތުކޮށްދީފި ކަމަށާއި މިހެން އޭނާ ބުނުމުން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް މިސީޒަންގައި ޗެމްޕއަންސް ލީގުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ޕީއެސްޖީ އާއި ބައްދަލު ކުރި މެޗުގައި ރޮނާލްޑޯވަނީ ދެ ލަނޑު ޖަހާފައެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ ޕީއެސްޖީ ކޮޅަށް ވައްދާލި ދެ ލަނޑާއި އެކު މިހާރު ރޮނާލްޑޯ ޗެމްޕިއަން ލީގުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 101 ކަށް އަރާފައެވެ.