English Edition
Dhivehi Edition

އިތިއޯޕިއާގައި މިއަދު ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ. އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ ބޮޑުވަޒީރު ހެއިލެމަރިއަމް ޑިސަލެން މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.

އެ ގައުމުގެ ސިޔާސީ މަސްްރަހު ހަލަބޮލި ވެފައިވާ ދަނޑިވަޅުގައި
ބޮޑުވަޒީރު ޑިސަލެން މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ވެރިކަން ކުރާ ކޯލިޝަން އިތިއޯޕިއަން ޕީޕަލްސް ރިވޮލިއުޝަނަރީ ޑިމޮކްރެޓިކް ފްރަންޓް (އީޕީއާރްޑީއެފް) އިން މިއަދު ބޭއްވި ބައްދަލު ވުމުގައި ވަނީ އެ ގައުމުގައި ކުއްލިހާލަތު އިއުލާން ކުރުމަށް ނިންމި ކަމަށް އެ ގައުމުގެ ބްރޯޑުކާސްޓިން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ ކިހާ މުއްދަތަކަށްކަން ބުނެފައެއް ނުވެއެވެ.