English Edition
Dhivehi Edition

ރައީސް ނަޝީދު ރޭވިހުރިހާ ރޭވުމެއް ބޭކާރު ވެއްޖެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ރޭވި ރޭވުން ބޭކާރުވެފައި ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ ދެން އަރުއްވާނެ ގޮޅިވެސް ހުސްވެފައި ކަމަށެވެ. އޭގެ އިތުރަށް ދެން ދައްކަވާނެ ވާހަކަފުޅެއްވެސް އެމަނިކުފާނުގެ އަތްޕުޅުގައި މިހާރުނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ރައީސް ނަޝީދު ރޭވި ހުރިހާ ރޭވުމެއް ބޭކާރުވީ، ދެން އަރާނެގޮޅި ހުސްވީ، ދެން ދައްކާނެ ވާހަކައެއްނެތީ. ދެން އަނެއްކާވެސް އިތުރަކަށް އަޑެއްނީވޭނެ. އަނެއްކާވެސް އެހެންބަޔަކު ކޮންމެވެސް މަސައްކަތެއް ކޮށްގެން ފުރުސަތެއް ލިބިދާނެހެން ހަމަ ހީވާއިރަށް އަނެއްކާ ނުކުންނަވާނެ،” ރައީސް ނަޝީދުގެ ޚަބަރެއް ނުވެ ދެތިންދުވަސް ވެފައިވާތީ ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެގޮތަށް އަމަލު ކުރެއްވުމަކީ ރައީސް ނަޝީދުގެ އާދަފުޅެއް ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެހެން މީހުން ކުރާމަސައްކަތުގެ ފައިދާ ނަންގަވަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެގު