English Edition
Dhivehi Edition

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އަރީފްގެ ޕާސްޕޯޓު ހިފަހައްޓައި އޭނާއަށް އެއްވެސް ތަނަކަށް ފުރުން މަނާކޮށްފައި ވަނީ މި ހަފްތާ ތެރޭގަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުންނާއި އިމިގްރޭޝަނުން ވެސް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އިމިގްރޭޝަނަށް ގުޅުމުން ބުނީ އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގުކޮށްފައެއް ނުވެ އެވެ.ސީޕީ މަގާމުން އަރީފް ދުރު ކުރަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ މި މަހުގެ ދެވަނަ ދުވަހުގަ އެވެ. އޭނާ މަގާމުން ވަކި ކުރީ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ރައީސް ޔަމީން އަރީފްގެ ފޯނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ޖަވާބު ނުދޭތީ ކަމަށް ބުނެ އެވެ. ސީޕީގެ މަގާމުގައި އަރީފް ހުންނެވި އިރު ސުޕްރީމް ކޯޓުން އޭރުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ..

ސީޕީ ކަމުން އަރީފު ވަކިކުރައްވާފައި ވަނީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އަރީފާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.