English Edition
Dhivehi Edition

ސައުދީގައި ތަހުގީގުކުރާ މީހުންގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެނުން ހޯދަން އިއުލާން ކޮށްފި ކަމަށް އެގައުމުގެ ޕަބްލިކް ޕްރޮސެކިޔުޓަރސް އޮފީހުން ހޯމަދުވަހު ވިދާޅުވެއްޖެއެވެ.

ސައުދީ އަންހެނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމާއި އެކިއެކި ކަންކަމުގައި އެގައުމުގެ އަންހެނުންނަށް ފުރުސަތު ދިނުމަކީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ 2030 ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސައުދީގެ ޕާސްޕޯޓާބެހޭ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައިބޯޑަރު ސަރަހައްދުގައާއި އެއާޕޯޓުތަކުގައި ހުސްވެފައިވާ 140 ވަޒީފާއަށް އެދި 107،000 އަންހެނުން އެއިދާރާއަށް ފޯމުހުށަހަޅާފައި ވެއެވެ.

ސައުދީގައި ހިންގާ ތަރައްގީއާއި އެހެން އެފަދަ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ބައިވެރި ކުރުވުމަށްޓަކައި އެގައުމުގެ ސަރުކާރުން ގެންދަވަނީ އެކަމަށް މަގުފަހިކޮށްދެއްވަމުންނެވެ.
ފާއިތުވެދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީގައި އަންހެނުންނަށް ވެހިކަލްތައް ދުއްވުމުގެ ހުއްދަ ކިންގް ސަލްމާން ވަނީ ދެއްވައިފައެވެ. އޭގެ އިތުރުން، އެ ގައުމުގެ އަންހެނުންނަށް ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ވެސް ސައުދީ ސަރުކާރުން ވަނީ ދެއްވައިފައެވެ.