English Edition
Dhivehi Edition

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި ސ.މަރަދޫފޭދޫ ނަސީމީގެ މުހައްމަދު ޝާނީޒް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށް މޮނާޒާ ނައީމް އާއި ޝާނީޒް ހާޒިރު ނުވުމާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ދެ މީހުން ހާޒިރުކޮށްދިނުމަށް އެ ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން އަމުރުކޮށްފައި ވަނީ މޮނާޒާ ނައީމް މިއަދު 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ކަމަށާއި ޝާނީޒް މާދަމާ 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ކަމަށެވެ.

މޮނާޒާ ނައީމް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ، އަދި ޝަނީޒް ހާޒިރު ކުރަނި ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ އިން ދައުވާކުރާ މައްސަލައަކާ ގުޅިގެން ކަމަށް ވ