English Edition
Dhivehi Edition

އައްޑޫ ސިޓީ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާދޭން ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވީ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި ދެމީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. ދެވަނަމީހާއަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގީ ޕޮލިސް ޓްރޭނިން ސްކޫލް އަޅަމުންދާ ސަރަހައްދު ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ލިންކް ރޯޑްގައި ބައިސްކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 09:50 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

 

1 ކޮމެންޓް
މުނީރު އުކުޅަސް
ފެބުރުއަރީ 13, 2018
އައްޑޫގައި 2 ބައިސްކަލް ޖެހި ތަނެއް މަށައިގެން ދިޔަޔަސް ބްޭކިން ނިއުސް ގައި ނުރައްކާތެރި އެކްސިޑެންޓޭ ޖަހަނީ ކީއްވެ ބާވައޭ ހިތަށް އަރާ. އެހެންރަށް ރަށުގައި ވެސް މިކަހަލަ ކުދި އެކްސިޑެންޓް އަބަދުވެސް ހިނގަހިނގާ ހުންނަނީ. މީހަކު ހެޑްލައިން ނަހަދާ