English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި މި ސީޒަނުގައި ބާސެލޯނާ އަށް ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު އިރު ވެލެންސިޔާ އާއި ލެވަންތޭ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ވެލެންސިޔާ ތިންވަނައަށް ޖެހިލައިފިއެވެ.

ލީގުގައި ގެޓަފޭ އާއި ބާސެލޯނާ ބައްދަލު ކުރި މެޗު ނިމިފައިވަނީ 0-0 އިން މެޗު އެއްވަރު ވެގެންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން މެޗުގައި ލަނޑެ ކާމިޔާބު ނުވިނަމަވެސް ބާސެލޯނާއިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ގެޓާފޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މިސީޒަންގައި ބާސެލޯނާ އާއި ގުޅުނު ކުޓީނިއޯ އާއި މެސީ ފޮނުވާލި ހަމަލާތައް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގެޓާފޭގެ ގޯލްކީޕަރު ގުއައިޓާ ވަނީ ދިފާއުކޮށްފައެވެ.

ރޭގައި ކުޅުނު އަނެއް މެޗަށް ބަލާއިރު ވެލެންސިއާ ވަނީ ލެވަންޓޭ އަތުން 3-1 އިން މޮޅުވެ 43 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އެއާ އެކު ރެއާލް މެޑްރިޑް ވަނީ ހަތަރު ވަނަ އަށް އަނެއްކާ ވެސް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 42 ޕޮއިންޓެވެ

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 59 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 52 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑްއެވެ.