English Edition
Dhivehi Edition

ދީޕިކާ އާއި ރަންވީރް ސިންގ ރާއްޖޭގައި އެންގޭޖްވި ވާހަކަތަކާ އެކު ދެން ދެކެވެން ފެށި ވާހަކަ އަކީ ދެމީހުންގެ ކައިވެނީގެ ވާހަކައެވެ

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮށް ތިން ހަތަރު މަސްތެރޭ މި ދެތަރިން ކައިވެނިކުރުމަށް ހަމަޖެހިފައިވާއިރު މި ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އަތިރިމަތީގެ ހިތްފައްސޭހަ ހިސާބެއްގައެވެ. އަދި ކައިވެންޏަށް ރަންވީރް އާއި ދީޕިކާ ތައްޔާރުވަމުންދާ އިރު ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިއްލީގެ ވެޑިން ޕްލޭނިން ކޮމްޕެނީ އަކާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ

މީޑިއާގައި ރަންވީރްގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ސީދާ ދޮގުކޮށްފައިނުވާއިރު ރަންވީރު ބުނެފައިވަނީ މި އަހަރަކީ އޭނާއަށް ވަރަށް ބިޒީ އަހަރެއް ކަމުގައެވެ. “އަހަންނަކަށް ނޭގޭ ތި ހުރިހާ ވާހަކަތައް ދެކެވިގެން އަންނަނީ ކިހިނެއް ކަމެއްވެސް. އެކަމަކު އެ ދެކެވޭ ވާހަކަ ތަކަކީ އަހަރެން ވިސްނަމުންދާ ކަންތައްތަކުގެ ވާހަކަ. އަހަރެން މިދަނީ ޕްރޮފެޝަނަލް ލައިފާއި ޕާސަނަލް ލައިފް ބެލެންސްކުރުމުގެ މަސައްކަތް ކުރަމުން.”ރަންވީރު ބުންޏެވެ

ޓެގު