English Edition
Dhivehi Edition

ދެކުނު ކޮރެއާގެ ރައީސް އުތުރު ކޮރެއާއަށް ވަޑައިގެންނެވުމަށް އެދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ދައުވަތު ދެއްވައިފިއެވެ.

ދެކުނު ކޮރެއާއިން ބުނެފައިވަނީ އެ ދައުވަތު ކިމް ޖޮން އުން ގެ ފަރާތްޕުޅުން ދެއްވައިފައިވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ދެކުނުކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ކަމަށެވެ.

ކިމް ޔޯ ދެކުނު ކޮރެއާއަށް ވަޑައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހު އެގައުމުގައިފެށި މިއަހަރުގެ ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމީއްޔާތަށެވެ.

އެކަށީގެންވާ އެންމެ އަވަސް ތާރީޚެއްގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާ ބައްދަލު ކުރެއްވުމަށް ކިމް ޖޮންގް އެދި ވަޑައި ގަންނަވާ ކަމަށް ވެސް، ދައުވަތު ހަވާލު ކޮށްދެއްވަމުން ޔޯ ވިދާޅު ވެފައިވާ ކަމަށް ބްލޫ ހައުސްގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.