English Edition
Dhivehi Edition
In this Wednesday, July 25, 2012 photo released by the Korean Central News Agency (KCNA) and distributed in Tokyo by the Korea News Service Thursday, July 26, 2012, North Korean leader Kim Jong Un, center, accompanied by his wife Ri Sol Ju, right, waves to the crowd as they inspect the Rungna People's Pleasure Ground in Pyongyang. (AP Photo/Korean Central News Agency via Korea News Service) JAPAN OUT UNTIL 14 DAYS AFTER THE DAY OF TRANSMISSION

އާއިލީ ނުފޫޒާއި ބާރުތަކާއިއެކު ވެރިކަން ކުރަމުން އަންނަ އުތުރު ކޮރެއާގެ ލީޑަރުގެ އެންމެ އަރިސް އެއްބޭފުޅަކަށް އޭނާގެ އަންހެން ކޮއްކޯފުޅު ކިމް ޔޯ ޖޮންގް މިވަނީވެ ވަޑައިގެންފައެވެ.

ޔޯ ވަނީ ނުފޫޒު ގަދަ އަންހެނެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައެވެ. ޔޯ އަކީ ޕޮލިޓްބިއުރޯއަށް މިދިޔަ އަހަރު ޕްރޮމޯޓްކުރި ވޯކާސް ޕާޓީގެ ސީނިއާ އޮފިޝަލްވެސް މެއެވެ.

ދުނިޔޭގެ އެނމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ޔޯ ހިމެނި ވަޑައިގަންނަވާ އިރު، އެމެރިކާއިން ވަނީ ނޯތު ކޮރެއާ ގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ކުށުގައި ޔޯ ބްލެކް ލިސްޓް ކޮށްފައެވެ.

ދެބޭންގެ ދެމެދުގައިވާ ގާތްގުޅުމަށް ބަލާލާއިރު މިނިވަންކަމާއެކު ބޭނުން ވާހަކައެއް ކިމް އަރިހު ދެއްކޭ މަދު މީހުންގެ ތެރެއިން އެކަކު ކަމުގައި ވެސް ޔޯ ވަނީ ވެފައެވެ. ކިމްއަށް ކަންކަމުގައި ލަފާ ދެއްވުމުގައިވެސް ޔޯގެ ބަސް ވިކޭ ކަމަށް ވެއެވެ.

މީޑިއާއަށް ޔޯ އަލަށް ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އޯކާސް ޕާޓީ އޮފް ކޮރެއާގެ 3 ވަނަ ކޮންފަރެންސުންނެވެ. ނަމަވެސް މީޑިއާގެ އިތުރަށް އާންމުންގެ ސަމާލު ކަމަށް ޔޯ އައިސްފައިވަނީ 2011 ވަނަ އަހަރު އެވެ. އެފަހަރު ޔޯ ފެނގެން ދިޔައީ ބައްޕާފުޅު ކިމް ޖޮންގްގެ ޖަނާޒާއިން ނެވެ. އެދުވަހު ހުންނެވީ ކިމް ޖޮންގް އުން ގެ އަރިހުގައެވެ. ނަމަވެސް އޭގެފަހުން ޔޯ ވަނީ ކުއްލިއަކަށް މީހުންގެ ތެރޭ މަޝްހޫރުކަން ހޯދައިފައެވެ.
2012 ވަނައަހަރު ޔޯ ވަނީ ލީޑަރު ކިމް ޖޮންގް އުންގެ ޓުއާ މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

އޭގެފަހުން 9 މާރޗް 2014 ވަނަ އަހަރު ޔޯ އަކީ ވޯކާސް ޕާޓީ އޮފް ކޮރެއާގެ ސީނިއާ އޮފިޝަލް ކަމުގައި ރަސްމީގޮތުން އިއުލާން ކުރެވުނެވެ.

ޔޯގެ ހުނަރުވެރިކަމާއި ހިނގުންތެރި ކަމުގެ ސަބަބުން 24 ޖުލައި 2015 ވަނަ އަހަރު އުތުރުކޮރެއާގެ ޕްރޮޕަގެންޑާ އެންޑް އެގިޓޭޝަން ޑިޕާޓްމެންޓްގެ އިންޗާޖްގެ މަގާމަށް ބަދަލު ކުރެވުނެވެ.

1950 އިން 1953 ވަނަ އަހަރު ދެކޮރެއާ ދެމެދު ހިނގައިދިޔަ ވަރުގަދަ ހަނގުރާމައަށް ފަހު، އުތުރު ކޮރެއާގެ ވެރިކަންކުރާ “ޑައިނާސްޓީ” އިން ދެކުނު ކޮރެއާއަށް ވަޑައިގަތް ފުރަތަމަ ބޭފުޅަކީ ވެސް ޔޯ އެވެ.

މި މަހުގެ 9 ވަނަ ދުވަހު ދެކުނު ކޮރެއާގައި ފެށި ވިންޓާ އޮލިންޕިކްސް ހުޅުވުމުގެ ރަސްމީޔާތުގައި ބައިވެރި ވެ ވަޑައިގެންނެވުމަށް ޔޯ ވަނީ އެގައުމަށް ވަޑައިގެންފައެވެ.