English Edition
Dhivehi Edition

އައްޑޫ ސޓީ މީދޫ މުލިމަތި ޔުނައިޓެޑް އިން އންތިޒާމްކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓްގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ

ރޭ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސްޓޭޝަންގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމިއްޔާގެ ރައީސް އަބްދުއްﷲ ވަސީމް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުން ކުޅިވަރުގެ ތެރެއަށް ނެރެ މުޖްތަމައުގައި އެކުވެރި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.

މި މަހުގެ 16 އިން 23 އަށް ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 7 ޓީމު ވަނީ ބައިވެރިވެފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޭ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އެފްސީ އަހުން، ޔުނައިޑެޓް ބްރެދާސް، ބްރަދާސް ޔުނައިޓެޑް. އަދި އެފްސީ ލަކީއެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޑީއެފް ކްލަބް، ޝަންގްރިއްލާ އަދި އެފްސީ ގައުމެވެ

ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސެލް ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 81 ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ފަރާތުންވަނީ ބުނެފައެވެ. މި މުބާރާތުގެ މެޗުތައް ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ރެއަކު ދެމެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާ 16 ފެބްރުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ އެފްއޭއެމްގެ ރެފްރީކަމުގައި އިންތިޒާމް ކޮމެޓީންވަނީ ހާމަކޮށްފައެވެ

މުބާރާތުގައި 16 ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި އެފްސީ އަހުންނާއި ޔުނައިޓެޑް ބްރަދާސް ބައްދަލުކުރާއިރު މުބާރާތުގެ ދެވަނަ މެޗުގައި 17 ވަނަ ދުވަހު ބައްދަލުކުރާނީ ޑީއެފް ކްލަބާއި ޝަންގްރިއްލާއެވެ. މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 20:30 ހެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ