English Edition
Dhivehi Edition

ލައިފް އޯކޭ އިން ދެއްކި ޑްރާމާ ‘ގުސްތާކް ދިލް’ އިން ގިނަ ބައެއްގެ ތަރްހީބު ހޯދާފައިވާ ވިބަވް ރޯއި ފިލްމަކުން ފެނިގެން ދިއުން ވެގެން ދިޔައީ ގިނަ ބައަކަށް ލިބުނު ބޮޑު ހައިރާންކަމެކެވެ

ސަންޖޭ ލީލާ ބަންސާލީގެ ‘ޕަދްމާވަތް އިން ވިބަވް ފެނިގެން ދިއުން ވެގެން ދިޔައީ އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައެވެ. އެއްވެސް ބަޔަކަށް އޭނާ އެ ފިލްމުން ފެނިގެންދާނެކަން އެގިފައި ނެތް އިރު ވިބަވް ބުނެފައިވަނީ މީ ހަމަ ކުރިންވެސް ރާވާފައި އޮށްގޮތް ކަމުގައެވެ. “އަހަރެން ސޮއިކޮށްފައިވާ އެގްރިމެންޓުގެ ސަބަބުން އެ ފިލްމުގެ ވާހަކަ އެއްވެސްމީހެއް ކައިރިއަކު ނުބުނަން. ކުއްލިއަކަށް ފިލްމަކުން ފެނިގެން ދިއުމުން ގިނަ ބައަކަށް ހައިރާންކަން ލިބިފައިވާއިރު ފިލްމުގައި ކުޅުނު ރޯލަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުން.” ވިބަވް ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ބަންސާލީ އާއި ފިލްމުގެ ތަރިންގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް ދަސްވެފައިވާ ކަމަށެވެ

މީގެ އިތުރުން ވިބަވް ބުނެފައިވަނީ ރަންވީރު އާއި އެއްކޮށް މަސައްކަތްކޮށްލަން ލިބުމުން ވަރަށް އުފާކަމަށާއި އޭނާއަކީ ވިބަވް އެންމެ ތާއިދުކުރާ ފިލްމީ ތަރިކަމުގައެވެ. މީގ އިތުރުން ވިބަވް ބުނެފައިވަނީ ރަންވީރުއަކީ ވަރަށް ހިތްހެޔޮ މީހެއްކަމަށާއި ފިލްމު ސެޓުގައި އޭނާއަށް ވަރަށް ބޮޑަށް އެއްޗެހި އޮޅުން ފިލުވާދީ އެހީތެރިވެފައިވާ ކަމަށެވެ

ޓެގު