English Edition
Dhivehi Edition

ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިރޭ ހައްޔަރުކޮށްފިއެވެ.

އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެބޭފުޅުން ހައްޔަރު ކުރަން އެންދެރިމާގެއަށް ފުލުހުންގޮސް އެދެބޭފުޅުންގެ އެޕާޓްމެންޓާއި، ރައީސް މައުމޫނުގެ އޮފީސްވެސްވަނީ ބަލައި ފާސްކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމާއި ރިޝްވަތު ދެއްވުމުގެ ތުހުމަތުގައެވެ. ނަދީމް ހައްޔަރު ކުރީ ރިޝްވަތުގެ މައްސަލައެއްގައެވެ.

މިދެބޭފުޅުން ހައްޔަރުކުރިއިރު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.