English Edition
Dhivehi Edition

ސިޔާސީ 9 ބޭފުޅަކު ދޫކޮށްލެއްވުމަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ސަރުކާރަށް މިއަދު ގޮވައިލައްވައިފިއެވެ.

އުމަރު 2018 ވައިބާ ގުރޫޕުގައި ވިދާޅުވެފައިވަނީ “ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެ އެންމެން ދޫކޮށްލުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން. ނަމަވެސް ރައީސް ނަޝީދާއި، ވައިސް ޕްރެޒިޑެންޓް އަދީބު އަލުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ވަގުތުން ގެންނަންވާނެ. މި ދެބޭފުޅުންވަނީ ރޯމާދުވާލު ކޮރަޕްޝަން ހިންގައި ފަނޑިޔާރަކު ވަގަށްނަގައި ސްޕްރީމްކޯޓުގައި ތަޅުއަޅުވައި ގާނޫނީ ބާރުތައް ނުހަމަގޮތުގައި ބޭނުން ކުރައްވައިފައި،” ކަމަށެވެ.

އުމަރު ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ޔާމީނާމެދު ހިތްހަމަ ނުޖެހިގެން އުޅެނީ ވެސް ރައީސް ނަޝީދު އަމަލުކުރެއްވި ގޮތަށް ރައީސް ޔާމީންވެސް އަމަލު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

“މިއަދު ރައީސް ޔާމީނާ މެދުވެސް ރައްޔިތުން ހިތްހަމަނުޖެހިގެން މިއުޅެނީ ހަމަ ރައީސް ނަޝީދު ކުރެއްވި ކަންކަން އެގޮތަށް ކުރައްވާތީ. އެއްވެސް ތަފާތެއްނެތް،” އުމަރު ވިދާޅުވިއެވެ.