English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ލެވަންތޭ ބައްދަލު ކުރި މެޗުގެ ފަހު މިނެޓްގައި ޕަޒިނީ ކާމިޔާބު ކޮށްދިން ގޯލުން ރިއަލްމެޑްރިޑް އާއި ލެވަންތޭގެ މެޗު އެއްވަރު ވެއްޖެއެވެ.

ލީގުގައި ރޭ ލެވާންޓޭ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމް 2-2 ލަނޑުން އެއްވަރުވެގެންނެވެ.

ލެވާންޓޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކެޕްޓަން ރާމޯސްގެ ލަނޑުން ރިއަލް ލީޑު ނެގީ ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ލެވާންޓޭ ވަނީ ކައުންޓަ އެޓޭކެއްގައި އެމަނުއެލް ބޯޓެންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ލީގުގައި ރޭ ލެވަންތޭ އާއި ރިއަލް ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފް ދެ ޓީމް 1-1 ލަނޑުން އެއްވަރު ވެގެން ނިމުނު ކަމުގައި ވީނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައ އިސްކޯ ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައި ދީފައެވެ.

އިސްކޯގެ ލަނޑުން ރިއަލް މޮޅުވާން ދިޔަ ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި އިޓަލީގެ ތަޖުރިބާކާރު ފޯވާޑް ޖިއަމްޕޯލޯ ޕަޒީނީ ވަނީ ލެވަންތޭ އަށް ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާ އާއެކު ލީގުގެ ހަތަރުވަނައިގައި 39 ޕޮއިންޓާއާއި އެކު ރިއަލްމެޑް އޮތް އިރު އެއްވަނާގައި އޮތް ބާސެލޯނާ އޮތީ 57 ޕޮއިންޓާއާއި އެކުގައެވެ.