English Edition
Dhivehi Edition

އްޑޫސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. ފުލުހުންގެ މީޑީއާއިން ބުނެފައިވަނީ އެމީހުންގެ ބަންދަށް މިފަހަރުވެސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވަނީ 15 ދުވަސްކަމަށެވެ. މީގެ ކުރިންވެސް ދެފަހަރެއްގެމަތިން ވަނީ އެމީހުން ބަންދުގައި ބެއިތިއްބުމަށް މުއްދަތު ޖަހައިދީފައެވެ. އެމީހުންގެ މަންދަށް އިތުރު 15 ދުވަސް ޖަހައިދީފައިވަނީ މިއަދުއެވެ. ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ފުލުހުން ހުމަތުކޮށްފައި ވަނީ މ. ތާއިފް، އިސްމާއީލް ރަޝީދާއި ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކްގޭ، އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައި މިތިން މީހުންގެ އިތުރަށް އަދި 4 މީހަކުވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އެމީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.