English Edition
Dhivehi Edition

ގެވެށިއަނިޔާއާ ގުޅޭ ދިރާސާތަކުގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތައް ބަހަލައިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ މި މަހާސިންތާއަކީ ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރިއަށް ގެންދާ މަހާސިންތާއެކެވެ

މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ގެވެށި އަނިޔާގެ އަމަލުތައް ފެށިގެން އަންނަނީ ގޭތެރެއިން ކަމުގައެވެ. އެހެންކަމުން ގެވެށި އަނިޔާ ހުއްޓުވުމަށް އެންމެ ބޮޑު އެއް ޒިންމާއެއް އަދާކުރެވޭނީ އާއިލާގެ ތެރެއިންކަމުގައި ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ގެވެށިއަނިޔާ ހުއްޓުވޭނީ މުޅި މުޖުތަމައުގެ ޒިންމާއަކަށް އެކަން ހަދައިގެންކަމަށާއި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މިޤާނޫނުތައް ތަންފީޒުކުރުމުގެ މަސައްކަތް މުވައްސަސާތައް ގުޅިގެން ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން މުހިންމުކަމުގައެވެ

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވެބްސައިޓާއި ގެވެށިއަނިޔާއަށް ޚާއްސަ މޯބައިލް އެޕެއް ތައާރަފްކޮށްފައެވެ