English Edition
Dhivehi Edition

ޑިގްރީ ލެވެލް އާއި މާސްޓާސް ލެވެލް ހިމެނޭ 500 ސްކޮލަރޝިޕް މެލޭޝިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މެލޭޝިޔާ ގްލޯގަލް ސަރވިސްގެ ފަރާތުން ސްކޮލަރޝިޕްތައް ހަވާލުކުރެއްވީ އެޑިއުކޭޝަން މެލޭޝިޔާގެ ސީއީއޯ ނައުއީދިން ތާޖުއްދީނެވެ. ރާއްޖޭގެ ފަރާތުން ސްކޮލަރޝިޕްގެ ލިޔުމާއި ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިއީ ރައްޖެއާއި މެލޭޝިޔާއާއި ދެމެދު އޮތް ރަޙްމަތްތެރި ގުޅުން ދައްކުވައިދޭ، އަދި ދިވެހި ދަރިވަރުންނަށް މަތީ ތަޢްލީމްގެ ފުރުސަތު ކަށަވަރު ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ލިބުނު ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ.

އެޑިއުކޭޝަން މެލޭޝިޔާގެ ފަރާތުން ދިން ސްކޮލަރޝިޕްތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ތަޢްލީމީ ދާއިރާއިން އެއްބާރުލުމާއި ގުޅޭގޮތުން ދެޤައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތުތަކެކެވެ.