English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ ނޮވެމްބަރު 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް އިން ރެސްޕޮންޑްކުރުމަށްފަހު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުހައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އެ އެޕާޓްމަންޓަށް ދިޔަ އިރު ޖަޒުލާން ފިޔަވައި އިތުރު އެހެން މީހަކު އެތަނުގައި ނެތްކަމަށް ވަނީ ބުނެފައެވެ. އަދި އެޕާޓްމަންޓުގެ ތެރޭގައި ހަމަނުޖެހުން ހިންގާ ތަކެއްޗެއް ގެއްލުން ދީފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަންމުންނެވެ.