English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް އަށް މައުލޫމާތު ދެމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އަންނަ ހަފްތާގެ ތެރޭގައި އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފަށާނެކަން ހާމަކޮށް ނަޖާހު ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވި ކަރަންޓު ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ނަޖާހު ވިދާޅުވީ އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެނައުމަށް ޓެންޑަރަށް ލާފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ނަޖާހު ވަނީ ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު އެކަށީގެންވާ ގޮތުގައި ފޯރުކޮށް ދެވޭނެކަމުގައެވެ.