English Edition
Dhivehi Edition

އަބަދުވެސް ފިލްމީ ތަރިންނަކީ ރީތިކޮށް ތިބުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ބައެކެވެ. ލާ ހެދުމުން ފެށިގެން އަރާ ފައިވާނާއި ކުރާ މޭކަޕަކީވެސް ޒަމާނަށް ފެތޭ އެންމެ ފަހުގެ ފެޝަންތައް ކަމުގައި ހެދުމަށް އެމީހުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ހާއްސަކޮށް އެވޯޑް ހަފްލާތަކުގައި އެއް ތަރިއަކަށްވުރެ ރީއްޗަށް ހެދުން އެޅުމަށާއި ހަފްލާއަށް ފަހު އެމީހުންގެ ފެޝަންތަކުގެ ވާހަކަ އެހެން މީހުން ދެއްކުމަށް ތަރިން ބޭނުން ވެއެވެ.

ނިމިގެންދިޔަ 63 ވަނަ ފިލްމު ފެއާރ އެވޯޑް ހަފްލާގައިވެސް ބެލުންތެރިން ވަނީ ވަރަށް ގިނަ ތަރިންގެ ‘ފެޝަން ހެދުންތަކައް’ ތައުރީފުކޮށްފައެވެ. ހަމަ އެއާއެކު އަބަދުވެސް ރީތިކޮށް ހެދުން އެޅާކަމަށް ފާހަގަކުރެވިފައިވާ އާލިއާ ބަޓްމެން ފަދަ ތަރިންނަށްވަނީ ގިނަ ބައެއްގެ ފާޑުކިޔުނަތައްވެސް އަމާޒުވެފައެވެ. މި އަހަރުގެ އެވޯޑް ހަފްލާގައި އާލިއާގެ އިތުރުން އެންމެ ހަޑިކޮށް ހެދުން އެޅިން ތަރިންގެ ތެރޭގައި ވިދްޔާ ބާލަން، ސަނީލީއޯން ހިމެނެއެވެ

އާލިއާ ބަޓް:

މި ފަހަރުގެ ފިލްމު ފެއާރ ގައި އެންމެ ހަޑިކޮށް ހެދުން އެޅި ތަރިއަކީ އާލިއާކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ. އަބަދުވެސް ރީތިކޮށް ހެދުން އަޅަމުން އަންނަ އާލިއާގެ ހެދުމާއެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު މާޔޫސްކަމެއް ލިބިފައެވެ. މި ފަހަރު ފާޑުކިޔާ ފަރާތްތަކުން އާލިއާގެ ހެދުމާއެކު އޭނާ ހެދުން އަޅައިގެން ‘ހެދުމާ ހެދި ސަލާމަތްނުވެގެން’ އުޅުނު ގޮތަށްވެސް ވަނީ ފާޑުކިޔާފައެވެ

ވިދްޔާ ބާލަން:

ވިދްޔާ އަކީ އަބަދުވެސް ވަރަށް މުސްކުޅިކޮށް ހެދުން އަޅާކަމަށް ފާހަގަކުރެވިފައިވާ ތަރިއެކެވެ. ގިނަ ހަފްލާތަކުގައި ސާޅީ އަޅައިގެން އުޅެމުންދާ ވިދްޔާ ގެ މިފަހަރުގެ ހެދުމަށްވެސް ގިނަބަޔަކުވަނީ ފާޑުކިޔާފައެވެ. ރަންކުލައިން ޖާރީކޮށްފައިވާ ކަޅު ކުލައިގެ ސާޅީއެއް އަޅައިގެން ހުރި ވިދްޔާ ގެ ހެދުން އާދައިގެ ހަފްލާތަކުގައިލާ ހެދުންތަކާއި ތަފާތެއް ނެތްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ

ފެޝަންގެ ދުނިޔޭގައި މަޝްހޫރު ސަނީ ލިއޯންގެ ހެދުންވެސް މި ފަހަރު އޮތީ ބޮޑު ޖޯކަކަށްވެފައެވެ. މީގެ އިތުރުން އަރުޖުން ކަޕޫރް އާއި ނެހާ ދުޕިއާ އަދި ސޯނާލާ ބެންދްރީއަށްވެސް ވަނީ މިފަހަރު ބެލުންތެރިންގެ ހިތް އަތުލުމުގައި ނާކާމިޔާބުވެފައެވެ