English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ބާއްވާ “ޕްރިންސިޕަލް ކޮންފަރެންސް 2025” މިއަދު ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކްރޮސްރޯޑުގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެފައިވާއިރު މި މަހާސިންތާ އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ސްކޫލްތައް ހިންގުމުގައި އާއި ޕްރިންސިޕަލުންނަށާ އަދި ޓީޗަރުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށް މަގުފަހިކުރުމެވެ.

މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ހިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. މި މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.