English Edition
Dhivehi Edition

ކްލަބް ވެލެންސިއާގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ. އޭނާއަކީ ކުރިން އެޓީމަށް ކުޅެފައިވާ ކުޅަދާނަ ޑިފެންޑަރެކެވެ.

ވެލެންސިއާގެ އިތުރަށް އޭނާވަނީ ވިކްޓްރީއާއި، ނިއުރޭޑިއަންޓަށް ކުޅެފައެވެ. ފަހުން އޭނާވަނީ ނިއުގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. ކުރިން ގައުމީ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފންޑަރު ފާއިތުވި ދެ ސީޒަނުގައިވަނީ ކުލަބް ގްރީން ސްޓްރީޓުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ކުލަބް ގްރީން ސްޓްރީޓްގެ މެނޭޖްމެންޓާ އުފެދުނު ހިޔާލު ތަފާތު ވުންތަކުގެ ސަބަބުން އެޓީމާއެކުވެފައިވާ އެއްބަސްވުން އެ ކުލަބުންވަނީ އުވައިލައިފައެވެ. ވެލެންސިއާގެ ކޯޗަކަށް އޭނާ ހަމަޖައްސައި ވެލެންސިއާއި ސޮބާއާ ދެމެދުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ވެލެންސި އާއި ނިއުރެޑިއެންޓްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސޮބާ ވަނީ 2008 ވަނައަހަރުގެ ސާފުޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިޔާ ބަލިކޮށް ރާއްޖެ ތަށިއުފުލާލި ޓީމްގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

ގައުމީ ޓީމާއި، ކުލަބް ލެވެލްގައި މޮޅުކުޅުމެއް ދެއްކުމަށްފަހު ކުޅުން ހުއްޓާލި ސޮބާހް ވަނީ 2004 ވަނައަހަރު ނިއުރޭޑިއަންޓްގެ ކޯޗުކަމާ ހަވާލުވެ ގައުމީ މުބާރާތުގެ ފައިނަލަށް އެޓީމް ގެންގޮސްދީފައެވެ. ޖެހިގެންއައި 2005 ވަނައަހަރު ސޮބާހު ވަނީ ކްލަބް ގްރީން ސްޓްރީޓްސް އާ ހަވާލުވުމަށްފަހު އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައި ކޮށްދިނުމަށްފަހު އެސްޓީއޯ މާލޭ ލީގުގެ ދެވަނަ މަގާމް މިދިޔަ އަހަރު އެ ކުލަބަށް ހޯދައިދީފައެވެ.