English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް”ގައި މިރޭ، ޗެމްޕިއަންޓީމާއި މިކްސް ސިކްސް ބައްދަލުކުރި މެޗު ޗެމްޕިއަން ޓީމް ކާމިޔާބުކޮށްފިއެވެ. އެޓީމް މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މިމެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރ 9 އިބްރާހީމް މޫނިސެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަމައެޓީމުގެ ޖާޒީ ނަމްބަރ 3 ހައްވާ އާސިމާ ހަސަނެވެ. މިއީ ފޭދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު ރަށުގައި އާލާކޮށް ދިރުވުން ކަމަށް ޒުވާނުން ބުނެފައިވެއެވެ. މި މުބާރާތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީއާއި، ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައި ކަމަށް މުބާރާތް އިންތިޒާމްކުރާ ޓީމުން ބުންޏެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ. މިބާރާތުގެ ކުޅުން މާދަންރޭވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ޓީމް ޕެޓޫއާއި، އީޖީޕީއެވެ. މެޗު ކުޅޭނީ ފޭދޫ ވޮލީ ކޯޓުގައެވެ. މެޗު ފަށަނީ ރޭގަނޑު 10:00 ގައެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމް ވާދަކުރެއެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 މެޗެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.