English Edition
Dhivehi Edition

ދުނިޔޭގެ ފުޓްބޯޅައިގެ މައިއިދާރާ ޔޫއެފާއިންހޮވާ އަހަރުގެ އެންމެމޮޅު 11 ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގައި މިވަގުތު އެންމެ ވަރުގަދަ އެއްކުލަބް ބާސެލޯނާގެ އެންމެ ކުޅުންތެރިޔަކު ހިމެނުނު އިރު ވާދަވެރި ރިއަލްމެޑްރިޑްގެ ފަސް ކުޅުންތެރިން މި ލިސްޓްގައި ހިމެނިއްޖެއެވެ
.
ޔޫއެފާއިންހޮވި އަހަރުގެ އެންމެމޮޅު އެގާރަ ކުޅުންތެރިންގެ ޓީމްގައި މިފަހަރު ހިމެނިފައިވާ ބާސެލޯނާގެ ހަމައެކަނި ކުޅުންތެރިޔަކީ ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމު 5 ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ.

ޔުއެފާ ޓީމް އޮފްދައިޔާ 2017 ގައި ހިމެނިފައިވާ ކުޅުންތެރިންނަކީ:
ގޯލްކީޕަރ: ބުފަން (ޖުވެންޓަސް)

ޑިފެންސް: އަލްވޭސް (ޕީއެސްޖީ) ރާމޯސް (ރިއަލްމެޑްރިޑް) ޗިއެލިނީ (ޖުވެންޓަސް) މާސެލޯ (ރިއަލްމެޑްރިޑް)
މިޑްފިލްޑް: ޑިބުރެއިނާ (މެންޗެސްޓަރ ސިޓީ) ކުރޫޒް (ރިއަލްމެޑްރިޑް) މޮޑްރިޗް (ރިއަލްމެޑްރިޑް) ހަޒާޑް (ޗެލްސީ)
ފޯވާޑް: މެސީ (ބާސެލޯނާ) ރޮނާލްޑޯ (ރިއަލްމެޑްރިޑް) .

ޔުއެފާޓީމް އޮފްދަ އިޔާގައި ހިމެނޭ ކުޅުންތެރިން ހޮވަނީ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައިނަގާ އޮންލައިން ވޯޓަކުންނެވެ. މި އަހަރު މިވޯޓްގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯއަށްވުރެ ވެސް ގިނަވޯޓް ހޯދައިފައިވަނީ ރޮނާލްޑޯއާއެކު ރިއަލް މެޑްރިޑަށްކުޅޭ ސްޕެއިންގެ ސާޖިއޯ ރާމޯސްއެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޓީމް އޮފްދައިޔާ ތެރޭގައި ހިމެނިފައިވާ ކުޅުންތެރިން:
2015: ނޯޔާ، އަލްވޭސް، ޕީކޭ، ރާމޯސް، އަލަބާ، ޕޮގްބާ، އިނިއެސްޓާ، ޖޭމްސް، މެސީ، ނޭމާ، ރޮނާލްޑޯ
2014: ނޯޔާ، ލާމް، ގޮޑިން، ރާމޯސް، އަލްބާ، ކުރޫސް، ރޮބެން، ޑިމަރިޔާ، މެސީ، އިބްރާ، ރޮނާލްޑޯ
2013: ނޯޔާ، ލާމް، ތިޔާގޯ ސިލްވާ، ރާމޯސް، އަލްބާ، ބޭލް، އޮޒިލް، ރިބެރީ، އިބްރާ، ރޮނާލްޑޯ
2012: ކަސިޔަސް، ރާމޯސް، ޕީކޭ، ތިއާގޯ ސިލްވާ، ލާމް، އިނިއެސްޓާ، ޕިރްލޯ، އޮޒިލް، މެސީ، ރޮނާލްޑޯ އެވެ.