English Edition
Dhivehi Edition

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ފެށުން ލަސްވަނީ އެ އެއާލައިނަށް އަދިވެސް ތައްޔާރީތައް ނުވެވޭތީ ފްލައިމީގެ ޑިސްޓްރިބިއުޝަން މެނޭޖަރު އާދަމް ފައިނާން ވަހީދު ވިދާޅުވެއްޖެއެވެ. މި މަހުގެ 15 ގައި އައްޑޫ، ފުވައްމުލަކުގެ ދަތުރުތައް ފެށާނެކަމަށް ވިލާ އެއާ އިން ކުރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ އެއާލައިނުން މިއަދު ބުނެފައިވަނީ ކުރިން ހަމަޖެހިފައިވާ ތާރިހުގައި ދަތުރުތައް އަދި ފެށެން ނެތްކަމުގައެވެ. އަދި ތައްޔާރީތައް ވެވުނުހާ އަވަހަކަށް، ދަތުރުތައް ފަށާނެ ދުވަސް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ. ބައެއް މީޑިއާ ތަކުގައި ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިން ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ފައިނާން ވިދާޅުވީ އެފަދަ އެއްވެސް އިޝާރާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދީފައި ނެތް ކަމަށެވެ. އަދި ދަތުރުތައް ފެށުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. 2013 އިން ފެށި 2015 އާއި ހަމައަށް ފްލައިމީއިން ގަމަށް ދަތުރުކޮށްފައިވަނީ ކޮޅަކަށް އެންމެ 888 ރުފިޔާއަށެވެ.