ރަމަޟާން މަހު އުމްރާއަށް ދާ މީހުން މިމަހުގެ 28 ވަނަ ދުވަހު ގެ ކުރިން އުމްރާ ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފިއެވެ.
ދަމަނަވެށިން ބުނީ 1446 ވަނަ އަހަރު ރަމަޟާންމަހު އުމްރާއަށް ދާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
އެއްވެސް ސަބަބަކާއި ހުރެ ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކަށް، ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ހިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.
އުމްރާ ވެކްސިން ޖެހުމަށް އަންނައިރު އައި.ޑީ ކާޑުޕާސްޕޯޓު (އަސްލު ނުވަތަ ފޮޓޯ ކޮޕީ ނުވަތަ ޑިޖިޓަލް ކޮޕީ)، ވޭތުވެދިޔަ 5 އަހަރު ޙައްޖު/ޢުމްރާ އަށް ދިއުމަށް ވެކްސިން ޖަހާފައިވާނަމަ، ވެކްސިން ޖެހި ކާޑު ނުވަތަ ލިޔުން، ކުޑައިރު ވެކްސިން ޖަހާފައިވާ ކާޑު އޮތްކަމުގައި ވާނަމަ ވެކްސިން ކާޑު ގެނައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.