English Edition
Dhivehi Edition

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓު މެދުވެރިކޮށް ޗައިނާއަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމުގެ ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި މިފްކޯއާއި، އެމްއެސްއެސްއާއި، މޯލްޑިވިއަން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއެކުއެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއިން އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެފައިވެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮޕަރޭޝަންތައް ޗައިނާއަށް ފެށިފައިވާއިރު، މި ދަތުރުތަކުގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރެވުމުގެ ސަބަބުން ރާއްޖޭއިން ބޭރުކުރާ މުދަލުން ދައުލަތަށް ލިބިގެންދާ މަންފާ އިތުރުވެގެންދާނެއެވެ. އަދި މީގެއިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަންފާވެސް އިތުރުވެގެންދާނެއެވެ.

މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެއެވެ. މި ދަތުރުތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިމްޕޯޓާއި އެކްސްޕޯޓުގެ ގޮތުން އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.