English Edition
Dhivehi Edition
އަލިފާނުގެ ހަދިސާގައި ރޯވެ އަނދާފައިވާ އެގޭގެ ސިޓިންގރޫމުގެ ބައެއް- ފޮޓޯ އޭއޯނިއުސް

އައްޑޫސިޓީގެ ހިތަދޫ ގުލްކަނދުގޭގައި ރޯވެ ގޭގެ އެއްބައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މިއަދު ހެނދުނު ހިނގި މި ޙާދިސާގައި ގޭގައި ދިރިއުޅޭ މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ނަމަވެސް ގޭގެ ސިޓިންގރޫމު ގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެގޭގައި ދިރިއުޅޭ މީހަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށާއި ސިޓިންގ ރޫމުގައި އެގަޑީގައި މީހަކު ނިދާފައި އޮތް ކަމަށެވެ. އަދި އެމީހާއަށް ގޮވުމުން ހޭލިއިރު މުޅި ސިޓިންގ ރޫމުގައި ދުންގަނޑު ބޯވެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށާއި އެސަރަޙައްދުގައި ފުލުހުން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.

އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު ނިއްވާލާފައެވެ.