ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިއަދު ހަވީރު އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވިސް އިސްނަގައިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ސްކޮއާގައެވެ. މި އާއިލީ ހަވީރުގެ ސަރުކާރުގެ އެކި މުވައްސަސާތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މި ހަވީރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހިތަދޫ ޕޯޓް ލިމިޓެޑުން ހާއްސަ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން
1 ވަނައަށް ހޮވޭ ފަރާތަކަށް: 3000 ރުފިޔާ
2 ވަނައަށް ހޮވޭ ފަރާތަކަށް: 2000 ރުފިޔާ
3 ވަނައަށް ހޮވޭ ފަރާތަކަށް: 1000 ރުފިޔާ