English Edition
Dhivehi Edition
ފޮޓޯ ވަގުތު ނޫސް

ހުކުރު ޚުތުބާ ކިޔަމުންދާއިރު ޓީވީ މެދުވެރިކޮށް އިޝާރާތް ބަހުން ހުކުރު ޚުތުބާ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިޝާރާތް ބަހުން ހުކުރު ޚުތުބާ ދެއްކުމަށް ހަމަޖެހިފައިވާއިރު މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި ބޭނުންތެރި ފަރާތްތަކަކަށް ހެދުމަށް މިސަރުކަރުން ކުރަމުންގެންދާ މަސައްކަތްތަކަށް މިނިސްޓްރީން އެއްބާރުލުން ދިނުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ

މީގެ އިތުރުން އިސްލާމިކް މިނިސްޓަރ އަހުމަދު ޒިޔާދު ބާގިރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުންނާއި ބައްދަލު ކުރައްވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ރާވަފައިވާ މުހިންމު ހަރަކާތްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ