English Edition
Dhivehi Edition

ޖަލުގައި ދުވަސްތައް ހޭދަކުރުމަކީ ވަރަށް އުދަގޫކަމެއް ކަމަށާއި ވަރަށް އަވަހަށް ހަގީގަތް އެގިގެންދާނެ ކަމަށް ބޭހަދްގެ ތަރި ޕިޔުޝް ސަހްދޭވް ބުނެފިއެވެ

2017 ވަނަ އަހަރު ނޮވެމްބަރ މަހު، ފިލްމީ ތަރިއަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ޕިޔުޝް ހައްޔަރުކޮށްފައިވާއިރު އޭނާ ބުނެފައިވަނީ ދިރިއުޅުމުގައި ދިމާވި އެންމެ އުދަގޫ ދުވަސްވަރު އެހީތެރިވި އެންމެންނަށް ޝުކުރުވެރިވާކަމަށެވެ. “އަހަރެން ޝުކުރުވެރިވަން އަހަންނަށް ޖަލުން ނިކުމެވުނީތީ. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ޖަލުގައި ހުންނަން. މި މައްސަލަ ވީހާވެސް އަވަހަކަށް ނިމިގެން ދިއުން އުއްމީދަކީ. މިކަމާ ގުޅިގެން އަހަރެން ލޯޔަރު ފިޔަވައި އެހެން މީހަކާއި ވާހަކަދައްކާކަށް ބޭނުމެއް ނޫން. “ޕިއުޝް ބުނެފައިވެއެވެ. މީގެ އިތުރުން ޕިޔުޝް ބުނެފައިވަނީ ދިރިއުޅުމުގައި ވަރަށް ގިނަ ދުވަސްތައް ބޭކަރުވެއްޖެކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަށް ފިލްމީ މަސައްކަތްތައް ފަށަން ކަމުގައެވެ

ޕިޔުޝް ބުނެފައިވަނީ ފިލްމީ މަސައްކަތްތަކުގައި ބޭނުން ކޮންމެ ތަނަކަށް ދަތުރުކުރެވޭނެ ކަމަށާއި އެކަމަކު ކޯޓުގައި މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވާންޖެހޭނެ ކަމަށެވެ. އަދި އޭނާއަށް އިންޑިއާގެ ޖުޑިޝަރީ އާއި މެދު އެއްވެސް ޝައްކެތްނެތްކަމަށާއި އެ މައްސަލަ ނިމިގެންދާނީ ހަގީގަތް ހާމަވެގެން ކަމުގައި ޕިޔުޝްވަނީ ބުނެފައެވެ.މީގެ އިތުރުން ޕިޔުޝް ބުނެފައިވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭ ވަރަށް މުހިއްމު ވާހަކަތަކެއް ވަރަށް އަވަހަށް މީޑިއާ އާއި ހިއްސާކުރާނެ ކަމަށެވެ

ޓެގު