English Edition
Dhivehi Edition
7/16/12 Daily Dose Kotz blog about whiter teeth

މީހާގެ ޝަހުސިއްޔަތު އެންމެ ބޮޑަށް އެގިގެންދަނީ އެމީހާގެ މޫނުމަތިން ފެންނަން ހުންނަ އުޖާލާ ހިނިތުންވުމުންނެވެ. މި އުޖާލާ ހިނިތުންވުން މޫނުމަތިން ފެނިގެންދާ ކޮންމެ ފަހަރަކު ރީތި ހުދު ދަތްޕިލައެއް ފެނިގެން ދިއުމަކީ މީހާގެ ޝަހުސިއްޔަތައް އިތުރު ވަރުގަދަކަމެއް ގެނެސްދޭނެކަމެވެ. ދިރިއުޅުމުގެ ބައެއް އާދަތަކުގެ ސަބަބުން ދަތްތައް ހަނޑިވެ މީހާގެ ރީތި ހިނިތުންވުމަށް އޭގެއިން ވަރަށް ބޮޑު އަސަރުތަކެއް ކުރެއެވެ. އެހެންކަމުން ސިގިރެޓް ބުއިން ފަދަ ނޭދެވޭ އާދަތަކުން މީހާ ދުރުވުމަކީ ވަރަށް މުހިއްމުކަމެކެވެ. މި ލިޔުމުގައި ރީތި ދަތްޕިލައަކަށް ގޭގައި ދެވިދާނެ ބައެއް ފަރުވާއަށް ބަލާލާނަމެވެ

ބޭކިން ސޮޑާ

ބޭކިންސޮޑާގައި ހިމެނޭ ބްލީޗިންގެ ބާރުގެ ސަބަބުން ދަތްތައް ހުދުކޮށްލުމަށް ވަރަށް ބޮޑު ފައްސޭހައެއް ވެގެންދެއެވެ. ބޭކިންސޮޑާ ގެ ބާރުގެ ސަބަބުން ދަތުގައި ހުންނަ ރީދޫކުލަ ފިލުވާލުމަށް ފައްސޭހަވެގެން ދެއެވެ

ދެ ސަމުސާ ބޭކިންސޮޑާ އާއި ފެން ފޮދެއް އެއްކޮށްލުމަށްފަހު ފަސްމިނިޓް ވަންދެން ދަތުގައި އުގުޅަމުންގެންދާށެވެ. ފެނުގެ ބަދަލުގައި ބޭކިންސޮޑާ އާއި ލުބޯހުތް ކޮޅަށް ނުވަތަ ވިނިގާ އެއްކޮށްލުމުން އޭގެ ރަގަޅު އަސަރު މާބޮޑަށްވެސް ފެނިގެންދާނެއެވެ

ސްޓޯބެރީ

ސްޓޯބެރީ އަކީ ވިޓަމިން ސީ އިން މުއްސަނދިވެގެންވާ ދަތްތަކަށް ވަރަށް ރަގަޅު މޭވާއެކެވެ. ސްޓޯބެރީ އަކީ ދަތްފަނި ކެއުމާއި ދަތުގައި ރިއްސުމަށްވެސް ވަރަށް ރަގަޅު ފަރުވާއެކެވެ

ސްޓޯބެރީ ހިމުންކުރުމަށްފަހު އެއް ސަމުސާ ބޭކިންސޮޑާއާއި އެއްކޮށްލާށެވެ. ހަފްތާއެއް ވަންދެން މެދުނުކެޑި ސްޓޯބެރީ ޕޭސްޓު ދަތް އުގުޅުމަށް ބޭނުން ކުރާށެވެ. މީގެ ސަބަބުން އަގައިން ދުވާ ނުބައިވެސް ކެނޑި ދަތްޕިލައަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ

އޮރެންޖް ތޮށި

އޮރެންޖް ތޮއްޓަކީ ވިޓަމިން ސީ އާއި ޕޮޓެންސިއަމް އިން ހިމެނިގެންވާ ރަގަޅު އެއްޗެކެވެ. ދަތްފަނި ކެއުމާއި އަގައިގައި ދުވާ ނުބައިވަސް ކަނޑުވާލުމަށް އޮރެންޖެ ޕޭސްޓަކީ ވަރަށް ރަގަޅު އެއްޗެކެވެ

އޮރެންޖް ތޮށި މިކްސްޗަރުން ހިމުންކޮށްލުމަށްފަހު ކުޑަ ހޫނުފެންފޮދަކާއި އެއް ސަމުސާ ޓީ ޓްރީ އޮއިލް ކޮޅެއް އަޅާލާށެވެ. ދެތިން ހަފްތާ ވަންދެން އޮރެންޖް ޕެސްޓްއިން ދަތްއުގުޅުމުން ދަތައް އަންނަ ތަފާތު ފެނިގެންދާނެއެވެ

ލުބޯ، ކާށި ތެޔޮ، ލޮނު

މި ތިން ބާވަތަކީ ދަތައް އެންމެ ފައިދާހުރި މާއްދާތައް އެކުލެވިގެންވާ ބައިތަކެވެ

އެއް ސަމުސާ ލޮނު، ދެ ސަމުސާ ކާށި ތެޔޮ، އދި އެއް ސަމުސާ ލުބޯ ހުތް އެއްކޮށްލުމަށްފަހު ދަތުގައި މަސާޖުކުރަމުން ގެންދާށެވެ