English Edition
Dhivehi Edition

‘ކުމްކުމް- އެކް ޕިޔާރާސާ ބަންދަން’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖޫހީ ޕަރްމާ އާއި އޭނާގެ ފިރިމީހާ ސަޖިން ޝްރޮފް ވަކިވާން ނިންމައިފިއެވެ

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަށް އަހަރު ދުވަސްވަންދެން އެކުގައި އުޅުމަށްފަހު ސަޖިން ކައިރިން ވަރިވުމަށްޓަކައި ޖޫހީ ވަނީ ކޯޓަށް ހުށަހަޅާފައެވެ. ދެމީހުންގެ ވެސް ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފާއިތުވެ ދިޔަ ތިން މަސް ދުވަހު ދެ ތަރިންގެ މެދުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށާއި ވަކިވާން ނިންމީ ދެމީހުންވެސް ބޭނުންވެގެން ކަމުގައެވެ.” އެކުގައި ގިނަ ދުވަހު އުޅުމަށްފަހު ވަކިވުމަކީ އެ ދެމީހުންނަށްވެސް އެހާ ފައްސޭހަ ކަމެއް ނޫން. އެކަމަކު ދެމީހުންގެ ގުޅުމުގައި ޖެހެމުން ދިޔަ މައްސަލަތައް ހައްލުނުވެ އެކުގައި ނޫޅެވޭނެކަން ޔަގީންވުމުން ވަކިވާން ނިންމީ.” އެ ފަރާތުން ބުނެފައިވެއެވެ. ޖޫހީ އާއި ސަޖިންގެ ކައިވެންޏަށް ހަތަރު އަހަރުގެ ކުއްޖަކު ލިބިފައިވާއިރު ކޯޓުން ވަކި ގޮތެއް ނިންމަންދެން ދަރިފުޅު ސަމައިރާ ހުންނާނީ ޖޫހީ ކައިރީގައި ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.

ޖޫހީ އަކީ ކުމްކުމްގެ ރޯލުގެ އިތުރުންވެސް ގިނަ ޑްރާމާތަކަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. ސަޖިން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޒީޓީވީ އިން ދެއްކި ޕަރްމަވަތަރް ޝްރީ ކްރިޝްނާއިންނެވެ. މި ދެތަރިން އެކުގައި 2015 ވަނަ އަހަރުވަނީ ސަންތޯޝީމާ ކިޔާ ޑްރާމާއަކުންވަނީ ފެނިގެން ގޮސްފައެވެ

ޓެގު