English Edition
Dhivehi Edition

ސާކް ޑިވެލޮޕްމެންޓް ފަންޑުން ދިވެހި ވިޔަފާރިވެރިންނަށް އެހީވުމުގެގޮތުން ލޯނު ދޭން މަޝްވަރާކޮށްފި ކަމަށް
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދާ ހަވާލާދީ ސަން އިންބުނެފިއެވެ.

ސަބާމޯލްޑިވްސްގެ ޗެއާމަން އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދާ ހަވާލާދީ “ސަން” ގައި ބުނެފައިވަނީ ސްރީލަމްކާގައި ބޭއްވި ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމުގެ ހަވާސާގައި އެފަންޑުގެ ސީއީއޯ އާ ބައްދަލު ކުރައްވައި ވާހަކަ ދެއްކެވި ކަމަށެވެ.

އެ ބައްދަލުވުމުގައިވަނީ ދިވެހި ވިޔަފާރިވެރިންނަށް ޚާއްސަ ސޯޝަލް އެންޓަޕްރިނިއަރ ރެޕްރެނިއާ ޕްރޮގްރާމްތަކެއް ހިންގުމަށް 150 މިލިއަން ދިވެހި ރުފިޔާ ދޭން މަޝްވަރާކޮށްފައި ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

ސްރީލަންކާގައި ބޭއްވި ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ބައްދަލުވުމުގައި ރާއްޖެއަށް ފައިދާކުރާނެ ކަމްތައްތަކެއް ނިންމި ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކޮމިއުނިޓީ ފެސިލިޓޭޝަން ގާއިމް ކުރުމާއި، ޕެކޭޖިން ސެންޓަރެއް ގާއިމް ކުރުމާއި، އަތްތެރި މަސައްކަތް ކުރުމަށް ޚާއްސަ ސެންޓަރެއް ގާއިމް ކުރަން ނިންމުން ހިމެނޭ ކަމަށް އަބްދުﷲއާ ހަވާލާދީ ސަންގައި ބުނެފައިވެއެވެ. އެކަންކަމަށް ޖުމްލަ 15 މިލިއަން ރުފިޔާ ދިނުން ނިންމި ކަމަށްވެސް ބުނެފައިވެއެވެ.

ޓެގު