English Edition
Dhivehi Edition

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ހދ. ގޮފިން އެއަތޮޅު ކުޅުދުއްފުށީގައި ބޭއްވި “ޔުނިޓީ ރަން” ގެ އެއްވަނަ ޕޮލިސް ލާންސް ކޯޕްރަލް ހުސައިން މުހައްމަދު ހޯދައިފިއެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ހަވީރު ކުޅުދުއްފުށީގައި ބޭއްވި އެ ދުވުމުގައި 179 މީހުން ދުވެފައިވެއެވެ. ހުސައިން މުހައްމަދު އެދުވުމުން އެއްވަނަ ހޯދައިފައިވަނީ 7 މިނިޓާއި 38 ސިކުންތުން 2 ކިލޯމީޓަރު ނިންމައިގެންނެވެ.

ދިރާގުން ސްޕޮންސަރކޮށްގެން ބޭއްވި އެދުވުމުގެ ޚާއްސަ ވަނަތައް ހާސިލްކުރި މީހުންނަށްވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. އަދި އެންމެ ފުރަތަމަ ރޭސް ނިންމި ދުވަުންތެރިންނާއި އަންހެން ދުވުންތެރިންނަށް ވަނީ މެޑަލް ހަވާލުކޮށްދީފައެވެ.
މިއީ 2016 ވަނަ އަހަރުން ފެށިގެން ރެޑްކްރެސެންޓް ހދ. އަތޮޅު ގޮފިން ބާއްވާ ދުވުމެކެވެ.