English Edition
Dhivehi Edition

މިހިނގާ ޑިސެންބަރު މަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެގޮތަށް ހަމަޖެއްސެވި ސަބަބެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވަނީ
މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވަން ކަމަށެވެ. ރައީސް މި ގޮތަށް ހަމަޖެއްސެވުމުން އާއަހަރުގެ ބަންދަށް 4 ދުވަސް މުވައްޒަފުންނަށް ލިބޭނެއެވެ.

އާއަހަރުގެ ޗުއްޓީއަށް ގިނަމީހުން މިހާރުވެސްވަނީ ތައްޔާރުވެފައެވެ. އެ ގޮތުން ކުރު ޗުއްޓީއަކަށް އެކިތަންތަނަށްދާންވެސް ބައެއް މީހުންވަނީ ނިންމައިފައެވެ. ރައީސްގެ އެ ނިންމެވުމުގެ ސަބަބުން އެގޮތަށް ތަންތަނަށްދާން ތައްޔާރަށްތިބި މީހުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އެފަދަ ބައެއް މީހުން ބުންޏެވެ.