English Edition
Dhivehi Edition

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ގޮތްޕެއް ފުވައްމުލަކު ސިޓީގައި ހުޅުވައިފިއެވެ.

އެސިޓީގައި މިއަދު ހުޅުވި ބީއައިއެމްގެ ގޮފިން މިހާރުވަނީ ޚިދުމަތްދޭން ފަށައިފައެވެ. އެ ގޮފި ހުޅުވައިފައިވަނީ އެސިޓީގެ މިސްކިތްމަގުގައެވެ. އެ ގޮފިންވެސް އެތަނުގެ އެހެން ގޮފިތަކުން ލިބޭޚިދުމަތްތައް ލިބޭނެއެވެ.

އެ ގޮފި ހުޅުވުމުން އެސިޓީއަށް އިތުރު 7 ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެ ބޭންކުންވަނީ ބުނެފައެވެ. މިއީ އެ ބޭންކުގެ ޚިދުމަތް ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ތަނެކެވެ.

ފުވައްމުލަކު ސިޓީގެ އިތުރަށް މާލެއާއި، އައްޑުއާއި، ހުޅުމާލެއާއި، ކުޅުދުއްފުށްޓާއި، ގދ ތިނަދޫގައިވަނީ ގޮފިތައް ހުޅުވައިފައެވެ. އިތުރު ގޮތްޕެއް އަންނަ އަހަރު ހުޅުވާނެ ކަމަށް އެބޭންކުންވަނީ ބުނެފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާ ޚިދުމަތްދޭން ފެށީ 2011 ވަނަ އަހަރުއެވެ.